- Advertisement -ad image

ހިރާސް ބަދިގެ: ޗިޕްސް މޯ ކޭކް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ޗިޕްސް މޯ ކޭކް
ބޭނުންވާ ތަކެތި:
2 ޕެކެޓް ހިމުންކޮށްލާފައިވާ ޗިޕްސް މޯރ ބިސްކޯދު (ބޮޑު)
1 ½ ޖޯޑް ކިރު
2 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ
ވިސްކްއެއް އަދި ހޭންޑް މިކްސަރ އެއް ބޭނުންކޮށްލެވިދާނެއެވެ. އެއަށްފަހު އާދައިގެ ކޭކް މިކްސް އަކަށް ވަންދެން މިކްސް ކޮށްލާށެވެ.
6 ނޫނީ 7 އިންޗީގެ ޓްރޭއެއްގައި 150 ޑިގްރީގައި 30 ނުވަތަ 35 މިނެޓްގައި ފިހެލާށެވެ.
ކްރީމްކޮޅު ހެދުމަށް:
3 މޭޒުމަތީ ސަމުސާ ބަޓަރ
2 ½ މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
½ ޖޯޑް ގެރިކިރު
½ ވިޕިން ކްރީމް
ހުރިހާ އެއްޗެއް އެއްކޮށް 4 ނޫނީ 5 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު ރަނގަޅަށް ހިހޫ ވަންދެން ބަހައްޓާލާށެވެ. ކޭކްގައި އުނގުޅާލުމުގެ ކުރިން 15 މިނެޓް ވަންދެން އައިސްއަލަމާރިގައި ބަހައްޓައިގެން ފިނި ކޮށްލަން ވާނެއެވެ. އަދި ކްރީމް ކޮޅު ކޭކްގައި އުނގުޅާލުމަށްފަހު ސާރވް ކޮށްލުމުގެ ކުރިންވެސް 15 މިނެޓް ވަންދެން އަލަމާރިގައި ބަހައްޓާލަންވާނެއެވެ.
ސިރަޕް ކޮޅު ހަދާލުމަށް:
½ ޖޯޑް ކިރު
1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
2 މޭޒުމަތީ ސަމުސާ ހަކުރު
ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު ހޫނުކޮށްލާށެވެ. އެއަށްފަހު ފިނިވަންދެން ބަހައްޓާށެވެ. ދެން ކޭކް ފިހެވުމުން ބްރަޝް އެއް ބޭނުންކޮށްލައިގެން ކޭކު މަތީގައި ސިރަޕް އުނގުޅާލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ