- Advertisement -ad image

ހިރާސް ބަދިގެ: ސްޕައިސީ ޗިލީ ޕްރޯން ސްޕަގެޓީ

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ސްޕައިސީ ޗިލީ ޕްރޯން ސްޕަގެޓީ
ބޭނުންވާ ތަކެތި:
މެރިނޭޓުކުރުމަށް:
200 ގ ޕްރޯންސް
1 މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށްލާފައި)
1 ސައިސަމުސާ މިކްސް ހާރބްސް
1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް
ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު 15 މިނެޓް ވަންދެން ބަހައްޓާލަންވާނެ
ސްޕަގެޓީ ކޮޅު ހަދާލުމަށް:
4 މޭޒުމަތީ ސަމުސާ ބަޓަރ
10-15 ލޮނުމެދު ( ކުދިކޮށް ކޮށާލާފައި)
2 މޭޒުމަތީ ސަމުސާ ޕާސްލޭ
1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
3 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
1 – 2 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް
1 ޖޯޑު ޕާސްތާ ފެން
1 ޕެކެޓް ސްޕަގެޓީ
ތައްޔާރު ކުރާނެ ގޮތް:
ތަވަޔަކަށް ބަޓާކޮޅު އަޅާލާށެވެ. އަދި ބަޓަރކޮޅު ދިޔާވެ ބޮކިޖަހަން ފެށުމުން ލޮނުމެދު ކޮޅު އަޅާލާށެވެ. ދެން މިނެޓެއް ވަންދެން ބަހައްޓާލުމަށްފަހު މެރިނޭޓުކޮށްލި ޕްރޯންސް ކޮޅާ ޗިލީ ފްލޭކްސް ކޮޅު އަޅާލާށެވެ. ޕްރޯންސް ކޮޅު ރަނގަޅަށް ކެކުމުން ސޯޔާ ސޯސް އަދި އޮއިސްޓަރ ސޯސްކޮޅު އަޅާލާށެވެ. ކައްކާފައި ހުރި ސްޕަގެޓީކޮޅު އެޅުމުގެ ކުރިން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލަންވާނެއެވެ. ދެން ޕާސްތާ ފެން ޖޯޑު އަދި ޕާސްލޭ ކޮޅު އަޅާށެވެ. އަދި ސޯސްކޮޅު ރަނގަޅަށް އޮލަވުމުން އުނދުން ނިވާލާށެވެ. ދެން އެންމެފަހުން ކޮށާލާފައި ހުރި ޕާސްލޭ ކޮޅެއް މައްޗަށް އަޅާ ކެއުމަށް ސާރވްކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ