- Advertisement -ad image

ހުކުރު ހާއްސަ: ކްރިސްޕީ ފްރައިޑް ޗިކަން

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

ކްރިސްޕީ ފްރައިޑް ޗިކަން
ބޭނުންވާތަކެތި:
މެރިނޭޓްކޮށްލުމަށް:
6-8 ޗިކަން ޑުރަމްސްޓިކް ނޫނީ ޗިކަން ވިންގްސް
1 މޭޒުމަތީ ސަމުސާ މުގުރި މިރުސް
1 މޭޒުމަތީ ސަމުސާ ގާރލިކް ޕައުޑަރ
½ މޭޒުމަތީ ސަމުސާ ޖިންޖަރ ޕައުޑަރ
½ އޮނިއަން ޕައުޑަރ (ބޭނުންނަމަ)
½ މޭޒުމަތީ ސަމުސާ ލޮނު
½ ބްލެކް ޕެޕަރ ޕައުޑަރ
1 ޖޯޑު ބަޓަރ މިލްކް ( 1 މޭޒުމަތީ ސަމުސާ ވިނިގަރ އަޅާލުމަށްފަހު 5 މިނެޓް ވަންދެން ބަހައްޓާލަންވާނެ )
ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު 3 ނުނީ 4 ގަޑި އިރުވަންދެން ފްރިޖުގައި ބަހައްޓާލަންވާނެއެވެ.
ކޯޓިންއަށް ބޭނުންވާތަކެތި:
¾ ޖޯޑް ކޯންފްލަރ
¾ އާދައިގެ ފުށް
½ މޭޒުމަތީ ސަމުސާ ގާރލިކް ޕައުޑަރ
½ ޖިންޖަރ ޕައުޑަރ
ލޮނު އަދި އަސޭމިރުސް ރަހަލާވަރަށް
½ މޭޒުމަތީ ސަމުސާ މުގުރި މިރުސް
2 ބިސް
ހަދާނެގޮތް:
ކުކުޅު ކޮޅު މެރިނެޓުކޮށްލުމަށްފަހު، ރިތި ތައްޓެއްގައި ހުރިހާ ޑްރައި އިންގްރީޑިއަންޓްސްތައް އަޅާލާފައި މިކްސްކޮށްލާނީ. ދެން ކުކުޅުކޮޅު ބަޓަރމިލްކްގެ ތެރެއަށްލުމަށްފަހު ބޭރުގައި ފުށް ހާކާލާނީ. ދެން ބަޓަރ މިލްކްގެ ތެރެއަށް ދެ ބިސް އެޅުމަށްފަހު ރަނގަޅަށް ވިސްކްކޮށްލާނީ. ދެން ބަޓަރމިލްކް މިކްސްޗަރގެ ތެރެއަށް ކުކުޅުތައް ލުމަށްފަހު ދެވަނަ ފަހަރަށް ފުށުގެ ތެރެއަށް ލާނީއެވެ. ދެން 10 މިނެޓާއި 12 މިނެޓާ ދޭތެރޭގައި މަޑުގިނީގައި ކުކުޅުކޮޅު ތެލުލާނީއެވެ. ދެން ހޫނު ތެޔޮތާހުގެ ތެރެއިން ނެގުމަށްފަހު 5 މިނެޓް ވަންދެން ބަހައްޓާލާ ހިހޫވެލުމުން އަނެއްކާވެސް 3 ނޫނީ 4 މިނެޓާއި ދޭތެރޭގައި ތެލުލާނީއެވެ. ދެފަހަރަށް ތެލުލުމުން ކުކުޅު ކޮޅު އިތުރަށް ކްރިސްޕީވާނެއެވެ. ދެން ފްރެންޗް ފްރައިސް އަދި ސެލަޑަކާއެކު ސާރވްކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ