- Advertisement -ad image

ސިނާއީ މަސައްކަތަށް ތިލަފުށިން 50 ބިން ވިއްކަން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ތިލަފުށިން ސިނާއީ ބޭނުންތަކަށް ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެގޮތުން ބީލަމުގެ އުސޫލުން އެންމެ ފުރަތަމަ ވިއްކަނީ ތިލަފުށި ޒޯން އޭ ގައިވާ ބިންތަކެވެ.
ތިލަފުށިން ވިއްކާ ބިންތައް:
2500އާއި 4999.99 ދެމެދު އަކަފޫޓުގެ 14 ބިން
5000 އާއި 9،999.99 ދެމެދުގެ އަކަފޫޓުގެ 20 ބިން
10،000 އާއި 14،999.99 ދެމެދުގެ އަކަފޫޓުގެ 7 ބިން
15،000 އާއި 19،999.99 ދެމެދުގެ އަކަފޫޓްގެ 7 ބިން
20،000 އާއި 29،999.99 ދެމެދުގެ އަކަފޫޓްގެ 1 ބިން
30،000 އާއި 35،000 ދެމެދުގެ އަކަފޫޓްގެ 1 ބިން
ތިލަފުށިން ސިނާޢީ ބޭނުންތަކަށް ބިން ވިއްކުމުގެ އުޞޫލްގައި ވާގޮތުން ދިވެހިން އަދި ބޭރު ފަރާތްތައް ހިމެނޭހެން އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށައަޅަން ޖެހެއެވެ. އަދި ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވާނެއެވެ.

މީގެ އިތުރަށް ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ކުންފުންޏެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ބީލަން ހުށައެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1700ރުފިޔާއެވެ.
އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާއަކީ ޝަޢުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ އީއޯއައި ހުށައަޅާފައިވާ ބިމަށް ބިޑްކުރުމެވެ.
ބިޑް ސެކިއުރިޓީ:

2500އާއި 4999.99 ދެމެދު އަކަފޫޓޫގެ ބިން: 150،000 ރުފިޔާ
5000 އާއި 9،999.99 ދެމެދުގެ އަކަފޫޓުގެ: 300،000 ރުފިޔާ
10،000 އާއި 14،999.99 ދެމެދުގެ އަކަފޫޓްގެ ބިން: 500،000 ރުފިޔާ
15،000 އާއި 19،999.99 ދެމެދުގެ އަކަފޫޓްގެ ބިން: 700،000 ރުފިޔާ
20،000 އާއި 29،999.99 ދެމެދުގެ އަކަފޫޓްގެ ބިން 1،000،000 ރުފިޔާ
30،000 އާއި 35،000 ދެމެދުގެ އަކަފޫޓްގެ ބިން: 1،300،000 ރުފިޔާ
ބިން ލިބޭމީހުން ކަނޑައަޅާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަނޑައެޅިފައިވާ އުޞޫލްގެ ދަށުންނެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި ބިން ގަތުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ބިމުގެ ވައްތަރަކަށް ފޯމް ހުށައަޅާތާ 10 ދުވަހުގެ ތެރޭގައި އިތުރު މީހަކު އެބިމަށް ފޯމު ނުލާނަމަ އެމީހަކަށް ބިން ލިބެއެވެ. އަދި އިތުރުމީހަކު ބިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ ބިޑްކުރުމުގެ މަރުހަލާ ކުރިއަށްދާނެއެވެ. ބިޑިން މަރުހަލާއަކީ 3 ދުވަހެވެ. އެޗްޑީސީން ބުނީ މި ހުރިހާ ކަމަކަށް ކަނޑައަޅާފައިވަނީ 6 މަސްދުވަސް ކަމަށާއި ހުރިހާ މަސައްކަތެއް ކުރިއަށްދާނީ ޕޯޓަލް މެދުވެރިކޮށްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ