- Advertisement -ad image

މިއަހަރު ހައްޖަށްދާން 1000 ކޯޓާ ލިބިއްޖެ، އިތުރު ކޯޓާ ހޯދަން މަސައްކަތް ކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް 1000 ކޯޓާ ލިބިފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަހުމަދު ޒާހިރު ވިދާަޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ 1000 ހައްޖު ކޯޓާ މިހާރު ވަނީ ލިބިފައެވެ.
ނަމަވެސް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް މިނިސްޓަރ ޒާހިރު ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު 2022 ވަނަ އަހަރު ޙައްޖުގައި ބައިވެރިކުރީ 1 މިލިއަން މީހުންނެވެ. މިއީ ޕެންޑަމިކުގެ ކުރިން ޙައްޖުގައި ބައިވެރިވާ މީހުންގެ ޢަދަދަށްވުރެ ބޮޑު ތަނުން މަދު ޢަދަދެކެވެ. މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުން އައެވެ. ނަމަވެސް 2020 ވަނަ އަހަރު މައްކާގައި ކޮވިޑް-19 ފެތުރެން ފެށުމުން ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައުވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އޭގެފަހުން 2021 ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ހުޅުވާލީ ހަމައެކަނި ސަޢުދީގެ ރައްޔިތުންގެ ތެރެއިން 60000 މީހުންނަށެވެ. ނަމަވެސް އެއަހަރު ޙައްޖުގައި ބައިވެރިވި މީހުންގެ ޢަދަދުވެސް އެއަށްވުރެ މަދެވެ.

ކޮވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށް އިތުރު ކޯޓާވެސް ވަނީ ދީފައެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައިވެސް ފިޔަވަޅުތަކެއް އެޅިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ