- Advertisement -ad image

މިއަހަރު ފައިސާ ދޫކުރާނީ ސިޔާސީ ހަ ޕާޓީއަކަށް

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ 6 ސިޔާސީ ޕާޓީއަކަށް ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީއާއި، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އެމްޑީއޭއާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީއާއި، އަދާލަތު ޕާޓީއަށެވެ. މިޕާޓީތަކަކީ ސިޔާސީ ޕާޓީތަކުގެ ތެރެއިން ބަޖެޓް ފާސްކުރި ވަގުތާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކެވެ.

މި ހަޕާޓީއަށް ޖުމްލަ ތިރީސް ހަ މިލިއަން އަށްސަތޭކަ ހަތްދިހަ ހަހާސް އަށްޑިހަ އަށް ރުފިޔާ ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ނަމަވެސް ޕާޓީތަކަށް ފައިސާ ދޫކުރާނީ ނިމުނު އަހަރުގެ އޮޑިޓް ރިޕޯޓާއި، އަހަރީ ރިޕޯޓު އީސީއަށް ހުށަހެޅުމުން ކަމަށް އީސީން ހާމަކުރެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ އަދަދު:

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ): 14،212،790.92
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 9،544،204.46
ޖުމްހޫރީ ޕާޓީ(ޖޭޕީ): 5،680،521.16
މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2،591،106.24
މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ): 2،434،979.29
އަދާލަތު ޕާޓީ: 2،412،485.93

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ދިވެހި ރައްޔިތުންގެ ޕާޓީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި, މޯލްޑިވްސް ރިފޯމް މޫވްމެންޓްގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވެއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ