- Advertisement -ad image

ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ހައްޔަރު ކުރި ދިވެހި މީހާ ޝަރުތުތަކާއެކު ދޫކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް


ބަދުއަހުލާގީ އަމަލު ހިންގަންތިއްބާ ރޯޅި ގެސްޓް ހައުސްއިން ހައްޔަރު ކުރި ދިވެހި ފިރިހެންމީހާ ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 43 އަހަރުގެ ދިވެހި ފިރިހެންމީހާ ކޯޓުން ޝަރުތު ކުރުމަށް ފަހު ވަނީ ދޫކޮށްލާފައި ކަމަށެވެ.
އަދި 43 އަހަރުގެ ބިދޭސީ ފިރިހެންމީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.
މީގެ އިތުރުން ބިދޭސީ ދެ އަންހެނުން ބަންދުގައި ބޭތިއްބުމަށް 1 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީދީފައެވެ.

މާލޭގައި އަންގާރަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓް ހައުސް ބަލާ ފާސްކޮށް ހަތަރު މީހުން ހައްޔަރު ކުރިއެވެ.
އެގޮތުން ހައްޔަރު ކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާ 43 އަހަރުގެ ބިދޭސީ ފިރިހެނަކާ 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.
ފުލުހުން ބުނީ މިހަތަރު މީހުންގެ ތެރެއިން ބިދޭސީ އަންހެނަކާއި ދިވެހި ފިރިހެން މީހާ ހައްޔަރު ކުރީ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ