- Advertisement -ad image

ފިތުރު ޒަކާތުގެ ގޮތުގައި 5 މިލިއަން ރުފިޔާ ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ ފަސް މިލިއަން ފަސްލައްކަ އަށްޑިހަ ތިންހާސް ތިންސަތޭކަ ސައްބީސް ރުފިޔާ ސާޅީސް ހަތަރު ލާރި ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ..

މި މުއްދަތުގައި ފިޠުރު ޒަކާތް ދައްކާފައިވަނީ  އެއްލައްކަ ހަތްހާސް އެއްސަތޭކަ ތިރީސް ދެ މީހުންނެވެ.

މިދިޔަ 1442 ވަނަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ  ފަސް މިލިއަން ހަ ލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ފަންސާސް އެއް ރުފިޔާއެވެ.

މި މުއްދަތުގައި ފިޠުރު ޒަކާތް ދައްކާފައިވަނީ އެއްލައްކަ ތިރީސް ފަސްހާސް ހަތްސަތޭކަ ސާޅީސް ތިން މީހުންނެވެ.

ޒަކާތް އޮންލައިންކޮށްވެސް ދެއްކޭއިރު މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.

އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެފަހު ވަގުތަކީ 28 ރަމަޟާން 1443 (29 އޭޕްރިލް 2022) ވަނަ ދުވަހުގެ 18:00 އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ