- Advertisement -ad image

ރައީސް ނަޝީދު ވަކިކުރަން ވޯޓު ހަމަކުރަން އުޅޭނަމަ ރައީސް ސާލިހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މަސައްކަތް ފަށާނަން: އާޒިމް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ރައީސް ނަޝީދު ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ކޮށްފިނަމަ ކަން ކުރާނެ ގޮތް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެފަދަ މަސައްކަތެއް ފަށައިފިނަމަ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އާޒިމްގެ މި ޓުވީޓަށް ރައްދުދެއްވައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ނުކުރޭނެ ކަމަށެވެ.


އަދި ރައީސް ނަޝީދު ހައެއްކަ ސްޕީޗް ދެއްވީމަ ވީގޮތާއި އަނެއްކާ ފްލޯއަށްވަޑައިގެން ކޮންމެ ޖަލްސާއަކު އެ ސްޕީޗްތައް ދެއްވަން ފައްޓަވައިފިއްޔާ ވާނެ ގޮތް ރައީސް ސާލިހަށް މާބޮޑަށް ސާފުވާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ