- Advertisement -ad image

ފިހާރަތެރޭ ވަޅިހެރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިދިޔަ ހުކުރުދުވަހުގެ ރޭ މާފަންނު ފިހާރައެެއްގެ ތެރޭގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު، ފުލުހުންގެ ތަހުގީގަށް ހޯދުނު ހޯދުމުގެ މައްޗަށް، ކޯޓު އަމުރެެއްގެ ދަށުން ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އުމުރުން 30 އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވަނީ އެ މީހާ މާފަންނު ފިހާރައެއްގެ ތެރޭގައި ހުއްޓަ އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ރޭ ހައްޔަރު ކުރީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާގެ ހަށިގަނޑުގެ ގިނަ ތަން ތަނަކަށް ވަޅި ހަރާފައިވެއެވެ. އައިޖީއެމްއެޗް ހޮނިހިރު ދުވަހު ބުނީ އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާ ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ