- Advertisement -ad image

ނަހުލާ ހިމެނޭ ގޮތުން ޖޭޕީއަށް 5 ނައިބު ލީޑަރުން އިންތިހާބުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވާގޮތަށް، ޖުމްހޫރީ ޕާޓީއަށް 5 ނާއިބު ލީޑަރުން އިންތިޚާބުކޮށްފިއެވެ.
ހުކުރު ދުވަހު ފެށި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓިގެ ނާއިބު ލީޑަރުގެ މަގާމަށް 12 ބޭފުޅަކު ވާދަކުރެއްވިއެވެ.
މީގެތެރޭގައި ޖުމްހޫރީ ޕާޓިގެ ސްލޮޓްގައި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
އެގޮތުން މިފަހަރު ނައިބު ލީޑަރު ކަމަށް އިންތިހާބުވެފައިވަނީ،
އާއިޝަތު ނަހުލާ 558 ވޯޓު
އަމީން އިބްރާހީމް 327 ވޯޓު
އަލީ ޝާހް 287 ވޯޓު
އަހްމަދު ސައުދު 275 ވޯޓު
އިގްބާލް އާދަމް 263 ވޯޓު
ޖުމުހޫރީ ޕާޓީން ބުނީ އެޕާޓިގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމަށް 741 މެމްބަރުން ރެޖިސްޓްރީކޮށްފައިވެއެވެ. އޭގެތެރެއިން 680 މެމްބަރުން ވޯޓުލާފައިވާކަމަށާއި، އެއީ ރަޖިސްޓްރީކުރި މެމްބަރުންގެ ތެރެއިން %91 ކަމަށް ޖޭޕީން ބުނެއެވެ.
ހުކުރު ދުވަހުން ފެށިގެން ކުރިއަށްދާ ޖޭޕީގެ ޤައުމީ ކޮންގްރެންސްގައި ވޯޓަކައި ނުލައި ޕާޓީގެ ލީޑަރުކަމަށް އިތުރު ދައުރަކަށް ޤާސިމް އިބްރާހީމް ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ