- Advertisement -ad image

އަޒްލީނާ ގާތިލު މަރުވެފައި އޮތްވާ ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

އަޒްލީނާ ނަފީސް މަރާލި ޒުހައިރު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ޒުހައިރު ފެނުނީ އޭނާ ދިރިއުޅެމުން އަންނަ ކ.ދިއްފުށީގެ އަތިރިމަތީގައި ހުރި ޖޯއްޔެއްގައި މަރުވެފައި އޮއްވައެވެ. އެއީ މިއަދު 11:30 ހާއިރު ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ ދިއްފުށީ އުތުރު ފަރާތު ބީޗުގައި ހުރި ޖޯއްޔެއްގައި ހަބަރު ހުސްވެފައި އޮތް މީހެއް ފެނިގެން އެރަށު ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މިއަދު 12:20 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ހެލްތް ސެންޓަރަށް މީހާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރާ ހަވާލާދީ ފުލުހުން ހާމަކުރެއެވެ. ނިޔާވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ