- Advertisement -ad image

ރާޝިދު ވިދާޅުވީ ރަށްފުށު ކަނބަލުން ގައިން ދުވާ ނުބައިވަސް ކެނޑުނީ ނަރުދަމާ އެޅި ސާފު ފެންލިބެން ފެށުމުން ކަމަށް!

ad image

ގުޅުންހުރި ލިޔުންތައް


ފެނާއި ނަރުދަމާ ގާއިމް ވުމުގެ ކުރިން، ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް ރަަށްފުށު އަންހެނުން ގައިން ދުވީ ނުބައިވަސް ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ރަށްފުށުގެ “ރީތި ލޯބި އަންހެންކުދިން”ގެ ގައިން މީރުވަސް ދުވަސް ފެށީ ފެނާއި ނަރުދަމާ ގާއިމުވެ ސާފު ފެން ލިބެން ފެށި ހިސާބުން ކަމަށެވެ.
ރާޝިދު ވިދާޅުވީ މީގެ ކުރިން ޗަކަ ފެނުން ފެންވަރާތީ ކިތަންމެ ރީތިވެގެން ތިއްބަސް ރަށްފުށު އަންހެނުންގެ ގައިން ދުވީ ނުބައިވަސް ކަމަށެވެ.
އަންހެނުންނަށް ނިސްބަތްކޮށް އެގޮތަށް ވާހަކަ ދެއްކެވުމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފަ އެވެ. އެގޮތުން ދިވެހި އަންހެނުންނަށް ނިސްބަތްކޮށް ބޭއަދަބީ ބަހުރުވައެއް ބޭނުން ކުރުން ބަލައި ނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

އިލްޔާސް ނެންގެވި ނިޒާމީ ނުކުތާއަށް ތާއީދު ކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ނުރުހުން ފާޅު ކުރައްވާފަ އެވެ.
“ކޮމަންޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ވާހަކަފުޅު ދައްކަވާއިރުގަ ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސަކަށް ކުޑައިމިސް ވާގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” ނަޝީދު ވިދާޅުވި އެވެ.
މިއަދު މަޖިލީހުގައި ރާޝިދު ދެއްކެވި މި ވާހަކަފުޅާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ