- Advertisement -ad image

ވެލާނާގޭ ކައިރީ ހުރި ޕާކިން ޒޯނުތައް ބަންދު ކުރުމާއި ކައުންސިލާ ގުޅުމެއް ނެތް: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް


ވެލާނާގޭ އޮފީސް އިމާރާތް ކައިރީ ހުރި ދެ ޕާކިން ޒޯނު ބަންދު ކުރުމުގައި މާލެ ސިޓީ ކައުންސިލްގެ އެއްވެސް ދައުރެއް ނެތް ކަމަށް މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިގޮތަށް ވިދާޅުވީ ކައުންސިލްއަށް އެންގުމަކާނުލާ ވެލާނާގެ ކައިރީގައި ހުރި ދެ ސައިކަލު ޕާކިން ޒޯނު ބަންދުކޮށްގެން ޕްލޭނިންޱމިނިސްޓްރީން މަސައްކަތެއް ކުރިއަށް ގެންދާތީ ކަމުގެ ހަގީގަތް އޮޅުން ފިލުއްވާ ދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން ބުނީ ވެލާނާގޭ ކައިރި ޕާރކިން ޒޯން ބަންދުކޮށް ، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ޓޯ ކޮށްފައިވަނީ ކައުންސިލްގެ އެންގުމަކަށް ނޫން ކަމުގައެވެ.
އަދި އެ ސަރަހައްދު ބަންދުކޮށް މަސައްކަތް ކުރަމުން ދަނީ ވެސް މާލެ ސިޓީ ކައުންސިލަށް އެންގުމަކާއި ނުލާ، އަދި ކައުންސިލްގެ އެއްވެސް ކަހަލަ ހުއްދައެއް ލިބިގެން ނޫންކަމުގައި ސިޓީކައުންސިލުން ބުނެއެވެ.
މި މަސައްކަތަކީ ކައުންސިލް އިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ބުނެ ފަތުރަމުން ދަނީ ތެދު މައޫލޫމާތު ނޫން ކަމުގައިވެސް އެ ކައުންސިލުން ހާމަކުރެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ވެލާނާގެއާއި އިންވެގެން އޮންނަ ސައިކަލް ޕާކިންގ ޒޯން މިވަގުތު ބަންދުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ އެދުމުގެ މަތިން އެމިނިސްޓްރީގެ ބޭނުމަށް ކަމުގައެވެ.

ވެލާނާގެއާއި، ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ބިމުގައި ފެންސު ޖަހައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން ވެލާނާގޭ އޮފީސް ޢިމާރާތުގައި ހިމެނޭ ބައެއް އޮފީސްތަކުގެ މުވައްޒަފުން ވަނީ ޕާކް ކުރާނެ ތަނެއްނެތްކަމަށް ބުނެ އެ ސަރަހައްދުގައި މިއަދު އިޙްތިޖާޖުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ