- Advertisement -ad image

މިއަދު ފެމިލީ ކޯޓުން 36 ކައިވެނި ކޮށްދޭނެ!

ad image

ގުޅުންހުރި ލިޔުންތައް


ފެމިލީ ކޯޓުން މިއަދު 36 ކައިވެނި ކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
އެގޮތުން ރަސްމީ ގަޑީގައި 18 ކައިވެނި އަދި ނުރަސްމީ ގަޑީގައިވެސް 18 ކައިވެނި ކޮށްދޭނެ ކަމަށް އެ ކޯޓުން ހާމަކުރެއެވެ.
މިއަދުގެ ތާރީހަކީ 23-3-2 އެކެވެ. ރީތި ތާރީހުތަކާއި ދިމާކޮށް ކައިވެނިކޮށް އުޅުމަކީ މިހާރު ރާއްޖޭގައި ޓްރެންޑެކެވެ. އެގޮތުން ކައިވެނި ކުރަން ދުރާލާ މިފަދަ ތާރީހުތައް ނަގައިގެން ތައްޔާރުވާ ފަރާތްތައް މިހާރު ވަރަށް ގިނައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުވެސް ފެމިލީ ކޯޓުން 38 ކައިވެނި ކޮށްދިނެވެ.
ޖެނުއަރީ 2023 ގައި 195 ކައިވެނި ކުރިއިރު ޖެނުއަރީ މަހު ވަނީ 127 ވަރިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ