- Advertisement -ad image

ސަރުކާރުން ކޮންމެ ކަމެއް މިކުރަނީ އަމީނީމަގު ހަދާ އުސޫލުން، ދެން އެކަން މިވަނީ ބޮޑު މުސީބާތަކަށް: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

ހަމަ ކޮންމެ ކަމެއް އަމީނީ މަގުގައި ތާރު އަޅާ ގޮތަށް ކުރީމާ ފަހުން އެކަން ވާނީ ބޮޑު މުސީބާތަކަށް ކަމަށް މާލެ ސިޓީގެ މޭޔއރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިގޮތަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
މާލެ ސިޓީގެ ގިނަ ރައްޔިތުން ބައިވެރިވި މިހަފުލާގައި މޭޔަރު ވިދާޅުވީ، އަމީނީ މަގު ހަދާ އުސޫލުން ކޮންމެ ކަމެއް ކުރުމުން ޚަދަރުތައް ހަގުނަ ވާނެ ކަމަަށާއި އެކި ގޮތްގޮތުން މަޞްލަޙަތު ގެއްލޭނެ ކަމަށެވެ.


ގެދޮރުވެރިކަން ނެތުމަކީ ހިތްދަތިކަމެއް. ވޭންހުރިކަމެއް. މިހާ ފަސޭހައިން މިކަންކަން ކޮށްދެވެން އޮއްވައި މާލޭ ސަރަހައްދުން އެތައް ހާސް އަކަފޫޓުގެ ބިން ދިވެހީން ނޫން ބަޔަކަށް ދެވޭ ނަމަ އެއީ ވިސްނާލަން ޖެހޭކަމެއް. އޭގެ ނިކަމެތިކަން ދިވެހި ރައްޔިތުން އުފުލަން ޖެހޭނެ “ މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ ރައްޔިތުންގެ 50000 އާއިލާއަށް ގެދޮރުވެރިކަން ދެވެން އޮއްވައި އެންމެ 4000 ގޯތި ދޭން ނިންމަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަދި ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކާ ފުށިދިއްގަރު ފަޅުން 900 ހެކްޓަރުގެ ބިން ހިއްކާ އަދި ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކާ އޭރުން ޖުމުލަ 1380 ހެކްޓަރުގެ ބިން ހިއްކުމުން މިހާރު މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެ ކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.


މި ބިންތައް ހިއްކައި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ޖެހިފައިވާ ފަރާތްތަކަށް ދިނުމުން ގޯތި ބޭނުންވާ މީހުންނަށް ގޯތި ފްލެޓު ބޭނުންވާ މީހުންނަށް ފްލެޓު ދޭންވީ. މާލެ ސިޓީގައި ގެދޮރުގެ ދަތިކަން ފޯރާފައިވާ 50000 އާއިލާއަށް މި ނިސްބަތުގެ ބިމުން ގޯއްޗާއި ފުލެޓުދީ ދިގު މުއްދަތަކަށް މައްސަލައަށް ހައްލު ހޯދައިދެވޭނެ “ މޭޔަރު ވިދާޅުވިއެވެ.
މިއާއެކު ރައްޔިތުންނަށް ބުރަކަމެއް ނާންނާނެ ލުއި އަގުގައި ހައުސިން ލޯން ސްކީމްތައް މަރުކަޒީ ބޭންކުން ރެގިޔުލޭޓް ކޮށްގެން ބޭންކްތަކުން ލިބޭނޭ ގޮތް ހަމަޖައްސައި، ހައުސިންގ ސަބްސިޑީ ސްކީމެއް ތަޢާރަފް ކުރުމުން އެއޮތީ ރައްޔިތުންނަށް އުފާވެރި ދުނިޔެއެއް ހޯދައިދެވިފައި ކަމަށް ވެސް މޭޔަރު ވިދާަޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ