- Advertisement -ad image

ދެން މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދައިދޭނީ 150 ރުފިޔާއަށް

ad image

ގުޅުންހުރި ލިޔުންތައް


އައިޑީ ކާޑުގައި ހިމެނޭ އެއްވެސް މައުލޫމާތެއް ބަދަލުވެގެން ކާޑު އައު ކޮށްދޭ އަދު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ބޮޑުކޮށްފިއެވެ.
އެ ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ބުނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގައި މަޢުލޫމާތު ބަދަލުވެގެން ހައްދާ ކާޑުގެ އަގަށް ނަގާނެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ ކަމަށެވެ.
މީގެ ކުރިން އައިޑީ ކާޑުގެ މައުލޫމާތު ބަދަލުވެގެން އައި ކާޑެއް ހަދައިނަމަ ނަގަމުން އައީ އެންމެ 50 ރުފިޔާއެވެ. ނަމަވެސް ޑީއެންއާރުގެ މިބަދަލާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުކުރުމުގެ ހިދުމަތަށް އިތުރަށް 100 ރުފިޔާ ނަގާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ