- Advertisement -ad image

އާގަލާ ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އެދެފި

ad image

ގުޅުންހުރި ލިޔުންތައް


އަލިފާނުގެ ހާދިސާއެއް ހިންގައި އެނދުމުގެ ސަބަބުން، މ.ތުވަރުގެ ހުޅަނގުން، ރޭ އަޑިއަށްދިޔަ “އާގަލާ” ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން އެމްއެންޑީއެފުން ބުނީ މި ބޯޓުން ފެންމައްޗަށް އެރި ތަކެތި އޮޔާ ދަނީ މ.އަތޮޅުކައިރިން އުތުރަށް ކަމަށެވެ.
ވީމާ މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
އަދި ރޭގަނޑު މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވެ ދޯނީގެ ތިބި 15 ފަޅުވެރިންގެ ތެރެއިން 14 ފަޅުވެރިން ކަނޑުމަތީގައި ތިއްބާ ވަނީ ސަލާމަތްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ