- Advertisement -ad image

ރަމަޟާން މަހަށް ތައްޔާރުވުމަކީ އިސްރާފު ކުރުން އޮތް ކަމެއްނޫން: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ރަމަޟާންމަހަށް ތައްޔާރުވުމަކީ އިސްރާފު ކުރުން އޮތް ކަމެއް ނޫންކަމަށާއި ރަމަޟާންމަހުގެ އަޅުކަމަށް ވަގުތުދެވޭގޮތަށް ވަގުތުތައް ރާވާލުމަށް ހުތުބާގައި އިލްތިމާސްކޮށްފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ޝައުބާންމަހުގައި ހެޔޮ އަމަލު ކުރުމެވެ.
ހުތުބާގައި ބުނީ ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ ގަސްދަކާނުލާ ކުރެވޭ ފާފަތަކުން މާތް الله އަހަރުމެން ސަލާމަތް ކުރައްވާނެ ކަމެއް ކަމަށެވެ.
އަދި ފިތުރު ޒަކާތް ދެއްކުމަށް ނިޔަތްގަނެ ރަމަޟާންމަސް ނިމުމުގެ ކުރިން އެ ޒަކާތް ދެއްކުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
“ ދީލަތިކަން އިތުރު ކުރާށެވެ. މަޑުމައިތިރި މީހަކަށް ވާށެވެ. ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކުން ދުރުހެލިވާށެވެ. ކެތްތެރިކަން އިތުރު ކުރާށެވެ. ދޮގުހެދުމާއި ފުރައްސާރަ ކުރުމާއި ދުރުހެލިވާށެވެ “ ހުތުބާ
ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިމާގެ ގިނަވަންތަކުން އަދާކުރަންޖެހޭ ދައުރެއް ވާކަން ދަނެ އެގުނަވަންތައް ކުށްތަކާއި ދުރުހެލި ކުރަން ހުތުބާގައި ބާރުއަޅައިފާވެއެވެ.

“ ސުވަރުގެ ވަނުމަށް މަގުކޮށާއި ބަޔަކު ކަމުގައިވާނަމަ، ކީރިތިގުރުއާނާ މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރާށެވެ! ނޭނގެއޭ ބުނެ ބަރަކާތާއި ރަހުމަތުގެ ދުވަސްތައް ނަގާނުލާށެވެ! ދަންނަ މީހުން ކުރެ އަހާއި އޮޅުން ފިލުވާށެވެ!” ހުތުބާ

ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮއަމަލު ކުރުމުގައި އަވަދިނެތި އުޅުމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ