ތާރުއަޅަން ފެށި އަމީނީ މަގުގެ ވަކި ހިސާބެއްގައި ގާ އަތުރަން ފަށައިފިއެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ހަދާ ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށަަފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އަމީނީ މަގުގެ މަސައްކަތް ނިންމަން ބުނި ތާރީހަށް ނުނިމި ދިގުލައިގެން ދާތީ ގިނަ ބަޔަކު ދަނީ މިކަމަށް ފާޑުކިޔަމުންނެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މިއީ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.


ސަރުކާރުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު އެކަން އެކުންފުންޏަށް ނުވެގެން ފުރަތަމަ ސެގްމަންޓްގައި ތާރުއެޅީވެސް އެމްޓީސީސީއިންނެވެ.
ތާރުގެ ބަދަލުގައި މަގުގައި ގާ އަތުރަން ފެށި ސަބަބެއް އާރުޑީސީން އަދި ހާމައެއް ނުކުރެއެވެ.
“ވަޑިމޫކޭގެ ތާރުއެޅުމަށް” އަމީނީމަގު ގޮސް ނިމުނީ. ރީނދޫ ޕާޓީ އަކީ ގައުމު ތަރައްގީ ކުރެވޭނެ ބައެއް ނޫންކަން މިވަރުންވެސް ރައްޔިތުންނަށް އެނގެން ވެއްޖެ ނޫންބާ……؟