- Advertisement -ad image

ރޯދަ އިނާޔަތް ބޮޑުކުރަން ގޮވާލާ ހުށަހެޅި ގަރާރުވެސް ބޭރުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ދޯދިޔާ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ތަކެތީގެއަގު އިންތިހާއަށް އުފުލި ރައްޔިތުންގެ ޖީބަށް ބުރަވެފައިވާ މިދަނޑިވަޅުގައި ރަމަޟާންމަހުގެ އިނާޔަތް ބޮޑުކޮށްދިނުމަށާއި ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނަށްވެސް އިނާޔަތް ދިނުމަށް ގޮވާލާ ހުށައެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިމައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރަމަޟާންމަހަކީ އެމަހެއްގައި ކޮންމެ ދިވެހި ރައްޔިތަކުވެސް ރޯދައިގެ މަތިވެރި އަޅުކަން އަދާކުރާ މައްސަރު ކަމުގައިވާތީއާއި، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ރަތްޔިތުން އަތްނުފޯރާފަށަށް ކާބޯތަކެތީގެ އަގުއުފުލިފައިވާތީއާއި އެތައް ދިވެހި ރައްޔިތުންނެއް ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާތީ ރަމަޟާންމަހުގެ އިނާޔަތް 3000 ރުފިޔާއަށްވުރެ ބޮޑުކޮށްދިނުމަށެވެ.
އަދި ރަމަޟާންމަހުގެ އިނާޔަތް ދިނުމާއި ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނު އަލުން މުރާޖައާ ކޮށް ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިން ފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭ ގޮތް ހެދުމަށް ޝިޔާމު ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައިވެއެވެ.
ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި މިހާރު ދޭން ޖެހެނީ މަސައްކަތް ކުރާ ކޮންމެ މުސްލިމަކަށް 3000 ރުފިޔާއެވެ. ސަރުކާރުން އަންގާފައިވަނީ މިއަހަރުގެ ރޯދަ އިނާޔަތް މިމަހުގެ 19 ވަނަ ދުވަހު ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ރޯދަ އިނާޔަތް ދޭނީ މުވައްޒަފުންގެ މުސާރަ ބޮޑުކޮއްގެންނޫ. މިގައުމުގައި ތިބި ޓިޗަރުންނާއި، ނަރުހުން، ޑޮކްޓަރުން އެކަނި މަގޭ ބޯޓެއް އެކަކަށް ވެސް ނުލިބޭނެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ