- Advertisement -ad image

އިދިކޮޅުން ހުކުރު ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ނިންމާފައިވާ ކަމަށް އިދިކޮޅުން ހާމަކޮށްފިއެވެ.
މި އިހުތިޖާޖުގެ މައުލޫމާތު އިދިކޮޅުން ހާމަކުރީ މިއަދި އެޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައެވެ.
މި އިހުތިޖާޖު ރާވާ ހިންގުމަށް އިދިކޮޅުން ވަނީ ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ. މި ކޮމިޓީގައި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުންނާއި ޕާޓީގެ އެކްޝަން ޑިޕާޓްމަންޓުގެ ޗެއާ އަދި ޕާޓީގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.
މި އިހުތިޖާޖު ފަށާނީ ހުކުރު ދުވަހުގެ ހަވީރު 16:00 ޖަހާއިރުއެވެ.
މާލެ ސަރަހައްދުގައި މި އިހުތިޖާޖު ކުރިއަށަ ގެންދަނީ މާހެފުމަކާވެސް އެކު ރަސްފަންނުގައެވެ.
މި ޤައުމު މިހާރު އޮތް ހާލަތުން ނަގައިގަނެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީންކަމަށް ވާތީ، އެމަނިކުފާނަށް އިންސާފު ހޯދުމަށް ކުރެވޭ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު އަމަލީގޮތުން ބައިވެރިވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާ މުހައްމަދު އިސްމާއިލްވަނީ ހުކުރު ދުވަހު އޮންނަ އިހުތިޖާޖުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ