ފުލުހުންގެ ކާރެއްގައި ފަހަތުން އައިސް ޖެހުމުން ފިލަން ދުއްވާފައި ދަނިކޮށް އެމްޓީސީސީ ބަހެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން ބުނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ދުއްވާފައިދިޔަ ސައިކަލެއް ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓްވުމުން މަޑު ކުރަން އެންގުމުންވެސް މަޑުނުކޮށް ދުއްވާފައި ދަނިކޮށް ސިނަމާލެ ބްރިޖުމަތިން އެމްޓީސީސީ ބަހުގަ އާއި ޕޮލިސް ކާރުގައި ސައިކަލުންޖެހި މިއަދު 18:31 ގައި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވިނަމަވެސް ބަހަށާއި ކާރު އަދި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
މި އެކްސިޑެންޓްވިއިރު ސައިކަލު ދުއްވަން އިނީ 18 އަހަރުން ދަށުގެ ކުޑަ ކުއްޖެކެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
