- Advertisement -ad image

ބިމެއް އޮޅުވާލައިގެން ނުވިއްކާ، ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުއާމަލާތެއް: އެޗްޑީސީ

ad image

ގުޅުންހުރި ލިޔުންތައް

ބިމެއް އޮޅުވާލައިގެން ވިއްކާފައި ނުވާ ކަމަށާއި ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއް ކަމަށް އެޗްޑީސީން ބުނެފިއެވެ.
ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށްބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ، އެ މުވައްޒަފު ވަނީ ވަގުތުން ސަސްޕެންޑް ކުރެވިފައި ކަމަށެވެ.
އަދި ކަސްޓަމަރުންނަށް އޮޅުވާލައިގެން ފައިސާގެ މުޢާމާލާތެއްކޮށް މި މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާޖަމާކޮށްފައިވާކަން މި މައްސަލައިގެ ތަހުޤީޤުގައި އެ ކޯރޕަރޭޝަންއަށް ވަނީ ފާހަގަކުރެވިފައި ކަމަށް ވެސް ބުނެފައެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރެޝަނުގެ ފަރާތުން ފައިސާގެ އެއްވެސް މުޢާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓެއް މެދުވެރިކޮށް ނުކުރާނެ ކަމަށާއި މި ކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މިގޮތުން އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިޢުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯރޓަލްގައި ރެޖިސްޓަރ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެކަމާއި އަދި ބިން ވިއްކުމަށް ހުޅުވާނުލާނެ ވާހަކަވެސް އެޗްޑީސީން ބުނެފައިވެއެވެ.

މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން އެ ކޯޕަރޭަޝަނުން ކުށްވެރި ކުރާ އަމަލެއްކަން ފާހަގަކޮށް، އަދި، މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ