- Advertisement -ad image

ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ އިދިކޮޅުން މުޅި ރާއްޖޭގައި އިހުތިޖާޖުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް ރަމަޟާންމަހަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދު الله ޔާމީން ޖަލުން ގެކޮޅަށް ބަދަލުކުރުމަށާއި، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރަން ގޮވައިލާ އިދިކޮޅު ކޯލިޝަނުން މުޅި ރާއްޖޭގައި އިހުތިޖާޖުކޮށްފިއެވެ.
މިއީ ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔައަހަރުގެ ޑިސެމްބަރުގައި އިއްވި ފަހު އެމަނިކުފާނު މިނިވަން ކުރަން ގޮވާލާ މުޅި ރާއްޖޭގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ދެވަނަ އިހުތިޖާޖެވެ.


އެމަނިކުފާނު މިނިވަން ކުރަން ގޮވާލާ އިދިކޮޅު ކޯލިޝަނުން ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ބާއްވަން ފަށާފައެވެ. މިއަދު ބޭއްވި އިހުތިޖާޖުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ޕީޕީއެމްގެ މެންބަރުންވަނީ ބެނާތަކާއި ޕޯސްޓަރުތައް ހިފައިގެން މަގުމައްޗަށް ނިކުމެފައެވެ. އެ ޕާޓީގެ މެންބަރުން މި އިހުތިޖާޖުގައި ގޮވާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ “ހަރާން” ހުކުމެއްކަމަށެވެ. އަދި އެމަނިކުފާނު މިހާރުން މިހާރަށް ބަންދުން ދޫކުރަން އިދިކޮޅުން ގޮވައިލިއެވެ.


މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން މާލޭގައި އިހުތިޖާޖު ބާއްވާފައިވަނީ ރަސްފަންނު ސަރަހައްދުގައެވެ. އެ އިހުތިޖާޖު ކުރިއަށްގެންދިޔައީ މާހެފުމަކާވެސް އެކީގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ