- Advertisement -ad image

އެމްއާރުއެމްވެސް ހާސަރު ދިގުނުކޮށް ކޯލިޝަން ހަދަން ބޭނުންނެތިއްޔާ އެވާހަކަ ބުނީމަ ނިމުނީ: މަވޯޓާ ޝަރީފް

ad image

ގުޅުންހުރި ލިޔުންތައް


މޯލްޑިވްސް ރިފޯމް މޫވުމަންޓްވެސް މާ ހާސަރު ދިގުނުކޮށް ކޯލިޝަން ހަދަން ބޭނުން ނެތިއްޔާ އެވާހަކަ ބުނީމަ ނިމުނީ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބުރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.
މަވޯޓާ ޝަރީފު މިހެން ވިދާޅުވީ، އެމްޑީޕީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން މިއަދު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު އެމްއާރުއެމް އިން މަޝްވަރާތައް ބޭއްވުމުންނެވެ.
ނަމަވެސް ރައީސް މައުމޫނުގެ އެމްއާރުއެމްއިން ބުނީ މިއަދު ބޭއްވުނު ކޯލިޝަން މަޝްވަރާގައި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އަދި އެމްއާރުއެމްއާ ރައީސް އިބޫގެ ޓީމާ ދެމެދު އިތުރަށް މަޝްވަރާކުރުމަށް ވަނީ ނިމިފައި ކަމަށް އެމްއާރުއެމްއިން ހާމަކުރެއެވެ.
މިކަމާ ގުޅިގެން މަވޯޓާއި ޝަރީފު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްއާރުއެމްއިން ބުނާ ކަށަވަރު ކަން ދޭނެ ގޮތެއް ނޯންނާނެ ކަމަށާއި ސަރުކާރުގެ 25 އިންސައްތަ ދީގެން 2018ގައި ކޯލިޝަން ހެދިޔަސް މިއަދު ޕާޓީގެ ޝައިޒު ފެންނަން އެބައޮތް ކަމަށެވެ.
“ ވީމާ ކިންމެވެސް އެއްގޮތަކަށް ކޯލިޝަން ހަދަން ނުވަތަ ނިންމަން އެބަޖެހޭ. ދިގުދަންމާނެ ވަގުތެއް ނެތް. އެމްޑީޕީ އާއެކު ކޯލިޝަން ހަދަން ބޭނުން ނެތިއްޔާ އެވާހަކަ ބުނެފައި ކޯލިޝަނުން ވަކިވީމަ ނިމުނީ” ޝަރީފު ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ އެމްއާރުއެމްއަކީ އަދާލަތަށްވުރެވެސް ކުޑަ ޕާޓީއެއް ކަމަށާއި 25 އިންސައްތަ ދީގެން ކޯލިޝަން ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ އާއެކު މިހާތަނަށް ކޯލިޝަން ހެދީ އެމްޑީއޭ އަދި އަދާލަތު ޕާޓީންނެވެ.

ގުޅުންހުރި ލިޔުންތައް

2 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ