1444 ވަނަ އަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އިސްލާމިކް މިނިސްޓްރީން އާއްމު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން ނަމަ 12 ރުފިޔާއެވެ. އަދި ތައިލެންޑް ހުދު ހަނޑޫނަމަ ޒަކާތް ދައްކަންޖެހޭ މިންވަރަކީ 84 ރުފިޔާއެވެ. ރަތް ހަނޑޫނަމަ 99 ރުފިޔާ، ބާސްމަތީ ހަނޑޫ އާދައިގެ 84 ރުފިޔާ، ބާސްމަތީ ހަނޑޫ މޮޅު 100 ރުފިޔާ ބޮލަކަށެވެ.
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 125 ރުފިޔާ ބޮލަކަށް އަދި އާދައިގެ ފުށް 12 ރުފިޔާ ބޮލަކަށް އަދި އާޓާފުށް ނަމަ ބޮލަކަށް 75 ރުފިޔާ ދައްކަންޖެހެއެވެ.

ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓްރީން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 13:00 އަށެވެ.
އަދި މާލެސިޓީ ފިޔަވާ ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ސިޓީ ކައުންސިލުންނެވެ. ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ފިތުރު ޒަކާތަކީ ގޮވާމުން ދައްކަން ޖެހޭ އެއްޗެކެވެ. ފައިސާ ދެއްކުމުން ޒަކާތް ދެއްކުނީ ކަމަކަށް ނުވާނެއެވެ. އަދި ޒަކާތް ނެރެން ޖެހެނީވެސް އީދު ދުވަހުގެ ކުރީ ދުވަހުގެ އިރު އޮއްސުމުން ފެށިގެން އީދު ނަމާދަށް ނުކުންނަން ދެންނެވެ. ދީނީ ކަންތަކަށް ބޭނުންގޮތަލަށް ބަދަލުކުރުމުގެ އިޚްތިޔާރެއް އެކަކަށްވެސް ނޯންނާނެއެވެ.