- Advertisement -ad image

ރޯދަމަހު މާލޭގެ ގޭގެއިން ކުނި ނަގާނީ ރޭގަނޑު 20:30 ގެ ފަހުން!

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ ގޭގެއިން ރޯދަމަހު ކުނި ނަގާނީ ރޭގަނޑު 20:30 ގެ ފަހުން ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން މިއަދު ވަނީ ރަމަޟާން މަހުގައި ކުނި އުކާލާނެ ގަޑިތައް އާއްމުކޮށްފައެވެ.
އެގޮތުން ބަލާއިރު މި ރޯދަމަހު ވެމްކޯއިން މާލޭގައި ކުނި ގޭގެއިންނަގަމުންދާނީ ރޭގަނޑު 20:30 އިން 2:30 އަށް ބުނެފައިވެއެވެ.
ހުޅުމާލޭގެ ގޭގެއިން ކުނި ނަގާނީ ރޭގަނޑު 21:00 ދަންވަރު 01:00 އަށެވެ. ހިޔާގެ ކުނި ނަގަމުންދާނީ މެންދުރު ފަހު 14:00 އިން 17:00 އަށް އަދި ރޭގަނޑު 21:00 އިން މެންދަމު 01:00 އަށެވެ.
ވިލިމާލޭގެ ގޭގެއިން ކުނި ނަގާނީ ރޭގަނޑު 22:00 އިން މެންދަމު 2:00 އަށް ކަމަށްވެސް ބުނެފައިވެއެވެ.
އަދި މާލޭގެ ވިޔަފާރި ކުރާ ތަންތަނުން ކުނި ނަގާނީ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 ކުން ހަވީރު 16:00 އަށް އަދި ރޭގަނޑު 22:00 ކުން ފަތިހު ހަތަރެއް ޖަހަންދެނެވެ.
ހުކުރު ދުވަހު ވިޔަފާރި ކުރާ ތަންތަނުގެ ކުނި ނަގާނީ 14:00 ކުން ހަވީރު 17:00 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ