- Advertisement -ad image

ކުންފުނިތަކުގެ ބޯޑުން މެންބަރުން ވަކިކުރަން ރައީސް އަކަށް ނޭންގޭނެ: އުޝާމު

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރުމާއި ވަކި ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ އަށް އޮންނަ ބާރެއް ނޫން ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު މިހެން ވިދާޅުވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އަމްރު ވަކިކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ރައީސް ސޯލިހު އެންގެވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އުޝާމު ވިދާޅުވީ ގާނޫނުން އެބާރު ލިބިދީފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ކަމަށެވެ.
⁦‪ އެހެން ކަމުން ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަންކޮށް ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުންތަކަކީ ޕްރައިވެޓައިޒޭޝަން ގާނޫނާހިލާފަށް ސަރުކާރުން ކުރަމުންދާކަމެއް ކަމަށް އުޝާމު ވިދާޅުވިއެވެ.

ސަރުކާރުން އަމްރުއަށް ނޯޓިސް ދީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން ވަކިކުރުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) އަށް އަންގަވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުން އަމްރު ވަކިކުރަން ނިންމެވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުގެ ތެރެއިންކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ