- Advertisement -ad image

ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ޝިފާޒުވެސް ވަކިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ރައަިސުލްޖުމުހޫރިއްޔާ އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުވެސް މަގާމުން ވަކިކޮށްފިއެވެ.
މިއީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމާއެކު މަސައްކަތް ކުރާތީ ވަޒީފާއިން ވަކިކުރި ތިން ވަނަ ފަރާތެވެ. މީގެ ކުރިން އެސްޓީއޯގެ އެމްޑީ ކަމުގައި ހުންނެވި ހުސެއިން އަމްރުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
އަދި ގއ ކޮލަމާފުށީ އިޖުތިމާއީ މަރުކަޒުގެ ޔޫތު އެސޯސިއޭޓުގެ މަގާމުގައި ހުރި ސަފުއަތުالله ޖަމީލުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމާ އެންމެ ފުރަތަމަ ހަވާލުވެވަޑައިގެން ރައީސް ސާލިހު އައްޔަން ކުރެއްވި މިނިސްޓަރުންގެ ތެރޭގައި ޝިފާޒު ހިމެނެއެވެ.
އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ ނޮވެމްބަރު 22، 2018 ގަ އެވެ. ސަރުކާރުގެ ތަރުޖަމާނު ވަނީ ޝިފާޒު މިނިސްޓަރު ކަމުން ވަކިކޮށްފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ.
ރިޔާސީ އިންތިހާބު ކައިރިވަމުންދާ ވަރަކަށް މިފަދަ އެތައް ކަމެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ