- Advertisement -ad image

ރައީސް ސާލިހަކީ އެމްޑީޕީއަށް ހަމަ އެއްގޮތަކަށްވެސް ޗޮއިސްއެއް ނޫން: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ހަމަ އެއްގޮތަކަށްވެސް ޗޮއިސްއެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ވައްޑޭ ވިދާޅުވީ ރިޔާސީ ކެމްޕޭނު ރައީސް ސާލިހު ފައްޓަވައިގެން އުޅުއްވާތާ 2 މަސް ވީއިރު އަދި ވޯޓެއް އިތުރުވާނެ ބާވަތުގެ އެއްކަމެއް ވެސް ނުކުރައްވާ ކަމަށެވެ.
އަދި މުޅިން އެޅުއްވެނީ ޅައެއްޗެތި ކަމަށް ވައްޑޭ ވިދާޅުވިއެވެ.
ވައްޑެ މިގޮތަށް ވިދާޅުވީ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިބި ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް މަގާމުން ވަކިކުރަމުންދާތީއެވެ.
ރައީސް ސާލިހަށް ލިބިދޭ ބާރުގެ ދަށުން މިއަދުވެސް ވަނީ އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހާރޫން ރަޝީދު ވަކިކޮށްފައެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ލަބީޤް މުޙައްމަދު މާހިދު ވެސް ވަނީ މިއަދު އެ މަގާމުން ވަކިކުރައްވައިފައެވެ.
މީގެ އިތުރުންވެސް ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުވެސް ބުދަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެ ކުރިން އެސްޓީއޯގެ އެމްޑީ ކަމުގައި ހުންނެވި ހުސެއިން އަމްރުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
އަދި ގއ ކޮލަމާފުށީ އިޖުތިމާއީ މަރުކަޒުގެ ޔޫތު އެސޯސިއޭޓުގެ މަގާމުގައި ހުރި ސަފުއަތުالله ޖަމީލުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ