- Advertisement -ad image

ޝަރީޢަތުގައި ދެކެވޭ ވާހަކަތައް އޮޅުވާލައިގެން ގެނައުމަކީ ހިތާމަހުރިކަމެއް: ޑރ ޖަމީލް

ad image

ގުޅުންހުރި ލިޔުންތައް


ޝަރީޢަތުގައި ދެކެވޭ ވާހަކަތައް އޮޅުވާލައިގެން ގެނައުމަކީ ހިތާމަހުރިކަމެއް ކަމަށް ކުރީގެ ރައީސް ޔާމީނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ “އައްޑޫ ލައިވް” ގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ޑރ ޖަމީލު ވިދާޅުވީ، މި މާތް މައްސަރުގައިވެސް ޕްރޮޕެގެންޑާ ވާހަކަތައް ފަތުރަނީ ރައީސް ޔާމީނުގެ ޝަޚްސު ކަތިލުމަށް ކަމަށެވެ. އަދި ރައީސް ޔާމީނު ވިދާޅުވީ ‘ ބަޙުސުގެ ބޭނުމަށް ބެލިޔަސް’ ދައުލަތުން ދަޢުވާކުރާ 1 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހުރި ފައިސާ ނުނެގޭނެ ވާހަކަ ކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.
އޮންލައިން ނޫހެއްގެ ގޮތުގައި ހިންގަމުން އަންނަ “އައްޑޫލައިވްގައި” ބުނެފައިވަނީ ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 53 މިލިއަން ރުފިޔާގެ ތެރޭގައި ހަލާލުކޮށް ހޯދި ފައިސާ ވެސް ހިމެނޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ.
ކްރިމިނަލް ކޯޓުން 53 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ރައީސް ޔާމީނަށް ކުރި އަމުރު އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ.

އައްޑޫލައިވް އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑު ސްޕޮންސަރއެއް ދީގެން ހިންގާ އޮންލައިން ނޫހެކެވެ. އެގޮތުން ސްޓެލްކޯއިން އެކަނިވެސް މަހަކު 35،000 ރުފިޔާ އައްޑޫލައިވް އަަށް ދޭ ކަން ވަނީ ކަށަވަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ