- Advertisement -ad image

އެބިމުގެ އެއްވެސް މިންވަރެއް ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމުގެ ލިޔުމެއްނެތް، ނޫސްބަޔާން ނެރުނީ ހަގީގަތް އޮޅުވާލަން: ސިޓީ ކައުންސިލް

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ 353 ނަންބަރު ކޮށީގައި ހިމެނޭ ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، މާލޭ ހިޔާ ފުލެޓުތައް ހުރި ބިމަކަށްވާއިރު އެ ބިން ނުވަތަ އެބިމުގެ ބައެއް ޔޫތު މިނިސްޓްރީއަށް ދީފައިވާ ކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކީ ކަމުގެ ހަޤީގަތް އޮޅުވާލުމުގެ ބޭނުމުގައި ނެރެފައިވާ ނޫސްބަޔާނެއްކަމަށް މާލެ ސިޓީކައުންސިލުން ބުނެފިއެވެ.
ސިޓީކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔޫތު މިނިސްޓްރީއަށް އެ ބިމުގެ އެއްވެސް މިންވަރެއް ދީ އަދި އެ ބިން ހަވާލުކޮށްފައިވެސް ނުވާނެ ކަމަށް އެ މިނިސްޓްރީއަށްވެސް އެނގޭނެ ކަމަށެވެ.
އަދި އެ ބިމުގެ އެއްވެސް މިންވަރެއް ޔޫތު މިނިސްޓްރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިނުވާއިރު އެއްވެސް ކަމެއްކުރުމަށް އެއްބަސްވުމެއްގެ ދަށުންވެސް އެއްވެސް މިންވަރެއް ހަވާލުކުރިކަމުގެ ލިޔުމެއް ކައުންސިލުގައި ފެންނަން ނެތްކަމުގައިވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ޔޫތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބިމަކީ ކުޅިވަރުގެ ބޭނުންތަކަށް ޕްލޭނިން މިނިސްޓްރީން 2019 ވަނަ އަހަރުގެ މެއި މަހުގެ 15 ދުވަހު މިނިސްޓްރީއާ ހަވާލުކޮށްފައިވާ ބިމެއް ކަމަށެވެ.

އަދި ބިމުގެ ޑިވޮލޮޕްމެންޓް ކޮންޓްރޯލް ޕްލޭނިން މިނިސްޓްރީން، ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ދީފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރި މަހުގެ 16 ވަނަ ދުވަހު ޕްލޭނިން އިން ފޮނުވާފައިވާ ޗާޓުންވެސް އެކަން ސާފުވާން އޮންނާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ