- Advertisement -ad image

ޔުނިވަރސިޓީގެ މުސާރަބޮޑުކުރުން: އެސޯސިއޭޓް ލެކްޗަރާއިންނަށް ޑިމޯޝަނެއް!

ad image

ގުޅުންހުރި ލިޔުންތައް


މާރޗް 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވާރސިޓީ( އެމްއެންޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ(އައިޔޫއެމް) އެކަޑެމިކް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައެވެ. މި މަހު ލިބިފައިވަނީވެސް ބޮޑުވި މުސާރައެވެ. ނަމަވެސް މުސާރައަށް މިއައި ބަދަލުގެ ސަބަބުން 2 ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރާއިންގެ ގޮތުގައި ތިބި ބޭފުޅުންނަށް ލިބުނީ ޑިމޯޝަނެކެވެ. އެބޭފުޅުން ބަދަލުވެފައިވަނީ ސީނިއަރ ޓިއުޓަރުންނަށެވެ.
” އާ އޮނިގަނޑަށް ބަދަލު ވިއިރު، ކުރީގެ އޮނިގަނޑުގައި ލެކްޗަރާއިންގެ މަގާމުގައި ތިބި ބޭފުޅުން ބަދަލުވަނީ އެސޯސިއޭޓް ލެކްޗަރާއިންނަށް. ނަމަވެސް ދެ ޔުނިވަރސިޓީން ޕޭ ކޮމިޝަނާ ވާހަކަދައްކައިގެން އެ ބޭފުޅުންނަށް ލެކްޗަރާއިންގެ މަގާމުގައި ތިބެވޭގޮތް ވަނީ ހަދާފައި. އަޅުގަނޑުމެން އެސޯސިއޭޓް ލެކްޗަރާއިންގެ ގޮތުގައި ތިބި މީހުން ، ސީނިއަރ ޓިއުޓަރުންނަށް ވާން ދޫކޮށްލީ ކީއްވެގެންތޯ؟ މިއީ ވަރަށް ބޮޑު ބޭ އިންސާފެއް.” ޔުނިވަރސިޓީގެ ސީނިއަރ ޓިއުޓަރަކު ވިދާޅުވިއެވެ.
“މިކަމާ ގުޅިގެން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަކާ ވާހަކަ ދެކެވިއްޖެ. ޕޭ ކޮމިޝަނުން ބުނަނީ ޔުނިވަރސިޓީގެ އަތްމަތީގައި އޮތްކަމެކޭ. ޔުނިވަރސިޓީން ބުނަނީ ޕޭ ކޮމެޝަނުން އެންގިގޮތަށޭ ހަދާފައިވަނީ. ވާނުވާއެއް ނޭނގެ.” ސީނިއަރ ޓިއުޓަރަކު ވިދާޅުވިއެވެ.
މުސާރައިގެ ތަފްސީލު ދިނުމަށް ސަރުކާރުން ބޭއްވި ޕްރެސްގައި ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ކެޓަގަރީގައި ޖުމްލަ 36 ބޭފުޅުން ހިމެނެއެވެ. އެއީ އެމްއެންޔޫގެ 27 ބޭފުންނާއި އައިޔޫއެމްގެ 9 ބޭފުންނެވެ.


ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ކުރަނީ މިކަހަލަ ދޯހަޅި ގޮތަކަށް ކަމެވެ. ކަންވެ ނިމުމުން އެކަމެއް ރަނގަޅު ކުރަން ނުވަތަ ބަދަލު ކުރަން ނުޖެހޭ އެއްކަމެއްވެސް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ