- Advertisement -ad image

އަނެއްކާވެސް ހިމަބި ޖެހިފައިވާ ކުއްޖެއް ފެނިއްޖެ، މިފަހަރު އައްޑޫއިން

ad image

ގުޅުންހުރި ލިޔުންތައް


ރާއްޖެއިން އަނެއްކާވެސް ހިމަބިހި ޖެހިފައިވާ ކުއްޖަކު ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ، މި ފަހަރު ހިމަބިހި ޖެހިފައިވާ ކުއްޖަކު ފެނުނީ އައްޑޫ ސިޓީން ކަމަށާއި، އިތުރު ކުއްޖަކަށް ބަލި ޖެހުނު ކަމަށް ބެލެވޭތީ، ސާމްޕަލް ނަގައިގެން، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ އައްޑޫ ސިޓީގައި ބަލި ޖެހުނު ދެ ކުދިންގެ ފަރާތުން، ބަލި ފެތުރޭނެ މުއްދަތު ފަހަނަ އަޅައި ގޮސްފައިވާތީ، އެ ކުދިންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

ނަމަވެސް، ބަލި ފެނުނު ސަބަބު ދެނެގަތުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް 2020 ވަނަ އަހަރުގެ ތެރޭގައި މާލެ ސަރަހައްދުން މި ބަލި ފެނިފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ