- Advertisement -ad image

ވިލިބަގީގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

ބަގީގެ ހިދުމަތް ފަށާ ކުރިއަށް ގެންދިއުމަށް ވިލިމާލޭގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް މާލެ ސިޓީ ކައުންސިލުން ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، ކޮންމެ ކަމެއްވެސް ފަށައިގަންނައިރު މައްސަލަތަކަކާއި ދަތިތަކެއްވެސް ހުންނާނެ ކަމަށެވެ.
ނަމަވެސް ބަގީގެ ހިދުމަތް ވިލިމާލޭގެ ފެށީވެސް ވިލިމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއްގެ ހިޔާލު ހޯދައިގެން ކަމަށާއި އިތުރަށް މިހިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ ފުރިހަމަ ސަޕޯޓް ކައުންސިލަށް ދޭންވާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ މިއީ ފެށުމެއްކަމަށާ، ވިލިމާލޭގެ ރައްޔިތުންނަށް ބޭނުން ޚިދުމަތްތައް ހަމަޖެއްސުމުގެ މަސައްކަތް އެއްވެސް ތަފާތެއްނެތި ފޯރުކޮށްދެއްވުމަށް ސިޓީ ކައުންސިލުން މަސައްކަތްކުރައްވަމުން ދާނެކަމަށެވެ. އަދި ކުރިއަށް އޮތީ މާ އުފާވެރި ދުވަސްތަކެއްކަމަށާ، އިތުރު ކުރިއެރުން ވިލިމާލެއަށް ލިބިގެންދާނެކަމުގެ އުންމީ ބޮޑުކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ބޮޑު ފަސޭހަކަމެއް މިޚިދުމަތުގެ ސަބަބުން ލިބިގެންދާތީ އުފާކުރާކަމަށާއި، އެކަމަށްޓަކައި މާލެ ސިޓީގެ މޭޔަރއަށް ޚާއްސަކޮށް ޝުކުރު ދަންނަވާކަމަށެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް ޖެނުއަރީ މަހު 10 ބަގީ މާލޭ ސިޓީ ކައުންސިލުން ގެނެސްފައި ވާއިރު 12 މީހުންގެ ޖާގައިގެ ބަގީއަކާއި ހަ މީހުންގެ ޖާގައިގެ ތިން ބަގީގެ އިތުރުން ހަތަރު މީހުންގެ ޖާގައިގެ ތިން ބަގީ ހިމެނެއެވެ. އަދި އިމަޖެންސީކޮށް ބަލިމީހުންނަށް ދަތުރުކުރެވޭ ބަގީ އަކާއި ފޮށި ފަދަ ތަކެތި ލެވޭ ދެ ބަގީ ވެސް ގެނެސްފައިވެއެވެ.

ބަގީގެ ހިދުމަތް ކުޑަ އީދު ނިމެންދެން ދޭނީ މުޅިން ހިލޭ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ