- Advertisement -ad image

ފުލުހުންނަށް ފިލަން ދުއްވަނިކޮށް އިތުރު ދެ ސައިކަލުގައި ޖެހި އެކްސިޑެންޓްވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ރޭ މާލޭގައި ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް އިތުރު ދެ ސައިކަލުގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭ މެންދަމު 1:03 އެހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ ނަލަހިޔާ ކައިރިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އިތުރު ދެ ސައިކަލްގައި ޖެހިގެންނެވެ. އަދި އެކްސިޑެންޓް ވުމުންވެސް ސައިކަލް މަޑުނުކޮށް ދާން މަސައްކަތްކުރިކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވާފައި ވަނީ ލައިސެންސް ނެތް މީހެއް ކަމަށާއި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ސައިކަލްގައި ތިބި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ