- Advertisement -ad image

އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ހައްޖަށް މީހުން ގެންދިއުމަށް އަލުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކަށް ޕްރޮޕޯސަލް ހުށައެޅުމަށް ކުރި އިޢުލާން ބާޠިލްކޮށް، އަލުން ޕްރޮޕޯސަލް ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިންވަނީ ރާއްޖެއިން ޙައްޖަށް މީހުންގެންދިޔުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހުޅުވާލާފައެވެ. އެ ފުރުސަތުގައި 11 ކުންފުންޏަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރެއެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެ ޕްރޮޕޯސަލްތައް ބާޠިލުކޮށް އަލުން ޕްރޮޕޯސަލް ހުށައެޅުމަށް އެކުންފުނިތަކަށް ފުރުސަތު ހުޅުވާލާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަލުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލީ، ކުންފުނިތަކުން ހުށައަޅާފައިވާ ބިޑުތަކުގައި ޙައްޖުގެ އަޅުކަމުގެ ޚިދުމަތަށް އެކަށީގެންނުވާ އަގުތަކެއް ހުށައަޅާފައިވުމުގެ އިތުރުން ޙައްޖަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލާއި މަޢުލޫމާތު ކަރުދާހުގައި އަދި ޙައްޖު ޕްރޮޕޯސަލް ފޮތް ހުށައަޅާއިރު ފުރިހަމަކުރަންޖެހޭނެކަމަށް ބުނެފައިވާ އަސާސީ ކަންކަން ފުރިހަމަކޮށްފައި ނުވުމުގެ ސަބަބުން ވާދަވެރި ބިޑަކަށް ދިޔުމުގެ ފުރުސަތު ނެތުމުންކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަލުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައިވަނީ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުންކަމަށެވެ. އެގޮތުން އަލުން ބިޑު ހުށައެޅޭނީ 75000 ރުފިޔާއާއި 95000 އާއި ދެމެދުގެ އަގެއްކަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

އަލަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރު މިނިސްޓްރީގެ މީޓިންގ ރޫމްގައިކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. އަލުން ބިޑު ހުށައެޅުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރުކަމަށް މިނިސްޓްރީއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ