- Advertisement -ad image

ޖޭޕީ އާއެކު ކޯލިޝަން ހަދަން އެއްވެސް ޕާޓީއަކުން ބޭނުމެއް ނުވި!

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޖުމުހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ޝައުގުވެރިކަން ނެތް ކަމަށް ޕާޓީތަކުން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާތީ އެ ޕާޓީން ވަނީ އިސްވެ ކޯލިޝަން ހެދުމަށް ބައެއް ފަރާތްތަކަށް ދައުވަތު ފޮނުވާފައެވެ. އެގޮތުން ދައުވަތު ފޮނުވާފައިވަނީ ޕީޕީއެމް، އެމްއެންޕީ، އެމްއާރުއެމް، އަދި އަމިއްލަގޮތުން ވާދަަކުރާނެކަން އިއުލާންކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނާއިބު ޑރ.މުހައްމަދު މުނައްވަރަށެވެ.
ޖޭޕީން ކޯލިޝަން ހެދުމުގެ ދައުވަތަށް އެމްއާރުއެމް ފިޔަވައި ހުރިހާ ފަރާތަކުން މިހާރު ވަނީ ޖަވާބުދީފައެވެ. އެގޮތުން ޕީޕީއެމް، އެމްއެންޕީ އަދި އުމަރު ނަސީރާއި ޑރ.މުހައްމަދު މުނައްވަރުވެސް ވަނީ ޖޭޕީގެ ދައުވަތު ޤަބޫލުނުކުރާނެކަން ހާމަކޮށްފައެވެ. އެ ހުރިހާ ފަރާތަކުންވެސް މައިގަނޑު ގޮތެއްގައި ބުނަނީ ޖޭޕީގެ ފަހަތަށް ނާރާނެކަމަށެވެ.

ޕީޕީއެމްއާއި އެމްއެންޕީން ވަނީ އެ ދެ ޕާޓީން އިންތިހާބުގައި ވާދަކުރާނެކަމަށާއި، އަދި އެ ޕާޓީތަކުގެ ފަހަތަށް ޖުމްހޫރީ ޕާޓީ އެރުމަށްވެސް ގޮވާލާފައެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ ޑރ.މުނައްވަރު ވިދާޅުވީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތްކަމަށާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީވެސް ކޯލިޝަން ހެދުމުން ޤައުމަށް ގެއްލުންވަމުންދާތީކަމަށެވެ.

މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރުވެސް ވިދާޅުވީ، ގާސިމް އިބްރާހިމާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ކޯލިޝަން ހަދަން ދިން ދައުވަތަށް މިހާތަނަށް އެމްއާރުއެމްއިން ޖަވާބެއް ނުދެއެވެ.
ނަމަވެސް އެމްއާރުއެމުން އަދި ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަންވެސް އަދި ނޫން ކަންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެޕާާޓީން އަންނަނީ ރައީސް ސާލިހުގެ ޓީމާވެސް މަޝްވަރާތައް ބާއްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ