- Advertisement -ad image

ވިސާ ހަމަނުޖެހުމުން ސަފާ ގުރޫޕުގެ އުމްރާ ދަތުރު ކެންސަލްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި މިއަދު ޢުމްރާ އަށް ފުރަން ތައްޔާރުވެފައި ތިބި މީހުންގެ ވިސާ ހަމަ ނުޖެހިގެން ދަތުރު ކެންސަލްކޮށްފިއެވެ.
އަލް ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ވައިވަރ ގުރޫޕަށް ކޮށްފައިވާ މެސެޖެއްގައި ބުނީ މިއަދުގެ މިވަގުތާއި ހަމައަށް އައި އިރުވެސް ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގުރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީ ފުރެން ނެް ކަމަށެވެ.
“ އެހެންކަމުން އެއްވެސް ބޭފުޅަކު ފުރުމަށްޓަކައި އެއަރޕޯޓަށް ނުދިއުމަށް އެދެން. މިދަތުރާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަން” ވައިބަރ މެސެޖުގައި ބުނެފައިވެއެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި މިއަދު ސަފާ ގުރޫޕގެ ހަވާލުގައި 180 މީހުން އުމްރާއަށް ފުރަން ހަމަޖެހިފައިވެއެވެ.

ސައުދީ އެއާލައިންގައި މިއަދު ފުރުމަށް އުމްރާވެރިންގެ ލަގެޖުތައް ގެންގޮސް، އެއާޕޯޓަށް ދާންޖެހޭ ގަޑިވެސް އެގްރޫޕްގެ ވައިބަރ ގްރޫޕްގައި ވަނީ ކުރިން އަންގާފައެވެ.
މި އަހަރު ރަމަޟާން މަހުގެ އުމްރާއަކަށް ސަފާ ކުންފުނިން ބޮލަކަށް 37،500ރ. ނަގާފައިވެއެވެ.
އެއީ ގާތްގަނޑަކަށް 6.7 މިލިއަންރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ