ހިޔާ ފްލެޓްH5-17-02 އެޕާޓްމެންޓްގެ ބެލްކަނީގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރި ވެއްޖެއެވެ.
މި އަލިފާން ނިއްވާލައިފައިވާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 00:41 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މީގެ އިތުރުންވެސް ހުޅުމާލެ ފޭސް 2 ގެ ހިޔާފްލެޓް H5 ޓަވަރުގެ އެއްވަނަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ދޭތެރޭގައި ހަރުކޮށްފައިހުރި އޭސީ އައުޓްޑޯ ޔުނިޓުގެ މަތީގައި ހުރި ކުނިތަކެއްގައި ރޯވެގެން އެމްއެންޑީއެފް އެފްއާރުއެސް އިން ވަނީ ހަރަކާތްތެރިވެފައެވެ. މި ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 05:32 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
