- Advertisement -ad image

ފައިސާ ދައްކާފައިވާ ފަރާތްތައް ރޯދަމަހުގެ 20 ވަނަ ދުވަހުގެ ކުރިން އުމްރާއަށް ގެންދަން ސަފާ ޖަމާއަތަަށް އަންގައިފި

ad image

ގުޅުންހުރި ލިޔުންތައް


އުމްރާއަށް ދާން ފައިސާ ދައްކާފައިވާ ފަރާތްތައް ރޯދަމަހުގެ 20 ވަނަ ދުވަހުގެ ކުރިން އުމްރާއަށް ގެންދަންޖެހޭނެކަން ސަފާ ޖަމާއަތަށް ސަރުކާރުން އަންގައިފިއެވެ.
ސަފާ ގްރޫޕްގެ ހަވާލުގައި މި ރޯދަމަހު އުމްރާއަށް ދިއުމަށް 180 އަށްވުރެ ގިނަ މީހުން ފައިސާ ދައްކާފައިވެއެވެ. ނަމަވެސް އެ އޭގެތެރެއިން ފުރަތަމަ ގްރޫޕް އިއްޔެ ފުރަން ތައްޔާރުވެފައިވަނިކޮށް ސަފާ ގްރޫޕުން ވަނީ ވިސާ ނުލިބޭކަމަށް ބުނެ ދަތުރު ކެންސަލްކޮށްފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ސަފާ ގްރޫޕްގެ ވެރިންނާއި ބައްދަލުކޮށް މިމައްސަލަ ހައްލުކުރުމަށް އަންގައި، އެކަމަށް މުހުލަތެއް ދީފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބޭރުގެ އެއަރލައިނަކާއި ގުޅިގެން ޗާޓަރު ފްލައިޓެއްގައި ސަފާ ގްރޫޕްގެ އުމްރާވެރިން ފުރުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެ ގްރޫޕްގެ ވެރިން މައުލޫމާތު ދީފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ ސަފާ ގްރޫޕަށް ދީފައިވާ މުހުލަތުގެ ތެރޭގައި ސަފާ ގްރޫޕްގެ އުމްރާވެރިން ފުރުވައިނުލައިފިނަމަ އެ ގްރޫޕްގެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އުމްރާއަށް މީހުން ނުގެންދެވޭގޮތަށް އެ ޖަމާއަތުގެ ވެރިޔާ ބްލެކް ލިސްޓްކުރާނެކަމުގެ އިންޒާރުވެސް މިނިސްޓަރ ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ