- Advertisement -ad image

ހަށިގަނޑުތެރޭގައި ފޮރުވައިގެން ރަން އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ވައިގެމަގުން އަބޫދާބީއިން ރާއްޖެ އައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ރަން ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

​​ވިޒްއެއާރ ފްލައިޓުން މާރިޗު 17 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މި މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮފައި ހުރިކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.
އަދި މި ތަކެއްޗާއި ބެހޭގޮތުން މި ފަސެންޖަރާއި ސުވާލުކުރުމުން އޭނާ ވަނީ ހަށިގަނޑުގައި ރަން ހުންނާނެކަމަށް އެއްބަސްވެފައި ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރެއެވެ.
މީނާގެ ހަށިގަނޑުން ނެގި ރަނުގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 361 ގްރާމް ހުއްޓެވެ. މި މައްސަލައިގައި އަތުލައިގަނެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ