- Advertisement -ad image

ޗަމްޕާ ބްރަދަރސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކާށި މާލެ ސިޓީ ކައުންސިލުން މާދަމާ ބަހަން ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދަރސްގެ ފަރާތުން ހަދިޔާ ކޮށްފައިވާ ކާށި މާކެސިޓީ ކައުންސިލް މެދުވެރިކޮށް ބެހުމަށް ހަމަޖެހިފައިވާ ކަން އެކައުންސިލުން ހާމަކޮށްފިއެވެ.
އެގޮތުން މާދަމާ (11 އޭޕްރިލް 2023) އިން ފެށިގެން ކާށި ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
ފުރަތަމަ ފަސްދުވަސް (11 އޭޕްރިލް 2023 ން 16 އޭޕްރިލް 2023 އަށް) އަށް ކާށި ބެހުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މިގޮތަށް ކާށި ބަލައި ދާއިރު، ފަޤީރުންގެ ލިސްޓުގައި ހިމެނޭ ބޭފުޅެއްކަން އެނގޭނެ ފަދަ ލިޔުމެއް ގެންދިއުމަށް ކައުންސިލުން އެދެއެވެ.
އަދި 17 އޭޕްރިލް 2023 ން ފެށިގެން ކާށި ބެހުމަށް ހަމަޖެހިފައިވަނީ ދިވެހި ކޮންމެ ރައްޔިތަކަށެވެ. އަދި ކާށިބަލައި ދާއިރު އައި.ޑީ ކާޑު ގެންދިއުމަށް ކައުންސިލުން އެދިފައިވެއެވެ.

ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ