- Advertisement -ad image

ކުނިގޮނޑުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ނުވާތީ، ކުޑަކުދިން ގޮވައިގެން ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އައްޑޫ ސިޓީ ހިތަދޫ ކުނިކޮށީގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާތީ ކުޑަކުދިން ގޮވައިގެން ބޭރަށް ނުނިކުތުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން އެ ކައުންސިލުން ބުނީ އައްޑޫސިޓީ ހިތަދޫ ކުނިކޮށީގައި ރޯވެފައިވާ އަލިފާންގަޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކައުންސިލް، ވެމްކޯ، އެފްކޮންސް އަދި އެމް.އެން.ޑީ.އެފް ގުޅިގެން ދަނީ ކުރަމުން ކަމަށެވެ. ނަމަވެސް އަދި އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައިނުވާ ކަމަށާއި މުހިއްމު ބޭނުމެއްގައި ނޫންގޮތަކަށް އައްޑޫ ލިންކްރޯޑް ބޭނުންކޮށް ދަތުރު ނުކުރެއްވުމަށް އައްޑޫސިޓީގެ އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ސައިކަލުން ދަތުރު ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވެ، ދަތުރު ކުރާއިރު މާސްކް އަޅައިގެން ދަތުރުކުރުމުގެ އިތުރުން ކުޑަކުދިން ގޮވައިގެން އެއްގޮތަކަށްވެސް ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.
އޭގެއިތުރުން ލިންކްރޯޑް ބޭނުން ކުރާ ހުރިހާ ފަރާތްތަކުން ވެސް މަގު ބޭނުން ކުރުމުގެ އިތުރަށް ސަމާލުވެ ރައްކައުތެރިވުމަށް އައްޑޫސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:43 އެހާއިރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ