- Advertisement -ad image

ބަހަމުންދާ ކާށި ޕެކޭޖުގައި ހިމެނޭ ކާށީގެ އަދަދު އިތުރުކުރަން މާލެސިޓީ ކައުންސިލުން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް


ބަހަމުންދާ ކާށި ޕެކޭޖްގައި ހިމެނޭ ކާށީގެ އަދަދު އިތުރުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 97 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި ވަނީ ކުރިން ކޮންމެ ބޭފުޅަކަށް ދެއްވާ ޕެކޭޖްގައި ހިމެނޭ 5 ކާށި 10 ކާއްޓަށް ބަދަލުކުރައްވާފައެވެ.

މި ޖަލްސާގައި ނިންމާފައިވަނީ ކުރިން ކާށި ބެހުމަށް ނިންމާފައިވާ ގޮތައް ބަދަލު ގެނައުމަށްފަހު ކާށި ބެހުމަށެވެ. ކުރިން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ 5 ދުވަހު ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ވަނީ 5000 ކާށި ފަގީރުންގެ ލިސްޓުގައި ތިއްބެވި ބޭފުޅުންނަށް ހާއްސަކުރެއްވުމަށްފަހު މާލޭގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ވެސް މި 5 ދުވަހުވެސް ކާށި ބެހުމަށެވެ.

ކާށި ބަލައި ވަޑައިގަންނަވާއިރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަވަން ޖެހޭނެއެވެ.

ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ