- Advertisement -ad image

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުންކުރާ ހެޔޮ ދުއާތައް ﷲ ތައާލާ ގަބޫލުކުރައްވާނެ ކަމެއް!

ad image

ގުޅުންހުރި ލިޔުންތައް


މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުންކުރާ ހެޔޮ ދުއާތައް ﷲ ތައާލާ ގަބޫލުކުރައްވާނެ ކަމެއް ކަމަށް އައްޝައިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އައްޝެއިހު އަލީ ޒައިދު މިހެން ވިދާޅުވީ ގދ ތިނަދޫގައި ބޭއްވި އަތޮޅު އިހުޔާ ފޯރަމުގައި ތަގުރިރުކުރައްވަމުންނެވެ. “ހިތްހެޔޮކަމުގެ އިންތިހާ” މި މައުޝޫއަށް މި ފޯރަމުގައި ތަގުރީރުކުރައްވާފައިވަނީ އައްޝެއިހު އަލީ ޒައިދު އަދި އައްޝެއިހު ނިމާލް މުހައްމަދެވެ. މި މައުސޫއަށް ތަގުރީރުކުރައްވަމުން ޝައިހު ޒައިދު ވިދާޅުވީ އަޅުގަނޑުމެން އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ އަމިއްލައަކަށް ނޫންކަމަށެވެ. މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ މައިންބަފައިން މެދުވެރިކޮށް ކަމަށްވާއިރު އެ އިންސާނާ ދުނިޔެއަށް ފޮނުވުމުގެ އަސްލުކަމުގައިވާ މަންމައާއި މެދު ހެޔޮކޮށް ހިތަންވާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އަޅުން ކުރާ ހެޔޮ ދުއާތައް ﷲ ތައާލާ ގަބޫލުކުރައްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ. މާތް ﷲ އާއި ރަސޫލާ އަށްފަހު ދެން އަބަދުވެސް އެންމެ އިސްވާނީ މަންމަ ކަމަށާއި މި ތަރުތީބު ދަރިންނަށް ދަސްކޮށްދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
އިސްލާމީ ޝަރީއަތުގައި މަންމަގެ މަގާމަކީ ބައްޕައަކަށް އަދާކުރެވޭނެ މަގާމެއް ނޫން ކަމަށާއި ބައްޕަގެ މައްޗަށް މަންމަ 3 ފަހަރަށް އިސްކުރެވިފައިވާކަން ފަހަގަކުރައްވާ ޝެއިހު ޒައިދު ވަނީ ރަސޫލާގެ ހަޔާތްޕުޅުގައި ދިމާވި މިފަދަ ހާދިސާއަކަށް ބައްލަވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ