- Advertisement -ad image

ތިންދުވަހުން 14 ހާހަށްވުރެ ގިނަ ކާށި ބަހައިފި

ad image

ގުޅުންހުރި ލިޔުންތައް


ޗަމްޕާ ބްރަދަރސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި ބެހުމަށް މާލެ ސިޓީ ކައުންސިލުން ކުރާ މަސައްކަތުން 14 ހާހަށް އަށްވުރެ ގިނަ ކާށި ތިންދުވަސް ތެރޭ ބަހައިފިއެވެ.
ޗަމްޕާ ބްރަދަރސްގެ ފަރާތުން ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކާށި ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާއިފައިވަނީ 11 އޭޕްރީލް 2023 ވަނަ ދުވަހުއެވެ. މި ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން 16 ފަރާތަކަށް 80 ކާށި ބަހާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން ގޭބީސީތަކަށް ކާށި ބެހުމުގެ ތެރެއިން 67 ފަރާތަކަށް 335 ކާށި ވަނީ ދޫކޮށްފައެވެ. އެކު ޖުލްމަ ފުރަތަމަ ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ 415 ކާށި ބަހާފައެވެ.
އަދި ދެވަނަ ދުވަހު 512 މީހަކަށް 5060 ކާށި ބަހާފައިވެއެވެ. ތިންވަނަ ދުވަހު 946 މީހަކަށް 9460 ކާށި ވަނީ ބަހާފައެވެ. މިއީ މީހަކަށް 10 ކާށީގެ ރޭޓުންނެވެ. އެކު ޖުމުލަ ތިން ދުވަސްތެރޭ މާލެ ސިޓީ ކައުންސިލުން ވަނީ 1541 މީހުންނަ 14935 ކާށި ބަހާފައެވެ.
ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ ރައްޔިތުންނަށް ބެހުމަށް 30،000 ކާށި ހަދިޔާކޮށްފައެވެ.
ކާށި ބަލައި ދާއިރު ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ޖެހޭނެއެވެ.

ކާށި ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ