- Advertisement -ad image

މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިއަދު ކުރި އިއުލާންގައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލަށް އާންމު އެއް މެމްބަރަކު ހޮވަން ބޭނުންވާކަމަށް ބުނެފައެވެ. އަދި އެކަމަށް ބާއްވާ އިންތިހާބުގެ ރެޖިސްޓްރޭޝަންގެ މުއްދަތު 5 މެއިގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ރަޖިސްޓްރީވުމަށް ފޯމު ހުށަހެޅެނީ 2024 އޭޕްރީލް 29، 30 އަދި 2 މޭ، 5 މޭ ގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ޔޫތު ގެ ރިސެޕްޝަނުންކަމަށް އިއުލާންގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން އެ މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ފޯމުތައް ހުށަހެޅޭނެކަމަށާއި، ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށް ކަމަށް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ