- Advertisement -ad image

8 ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

ad image

ގުޅުންހުރި ލިޔުންތައް

މިސަރުކާރުން ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރަން ފޮނުވި ނަންތަކުގެ ތެރެއިން ބައެއް ބޭފުޅުންނަށް ރުހުން ދިނުމަށް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

ސަފީރު ކަމަށް އައްޔަންކުރަން މިހާތަނަށް ފޮނުއްވާފައިވާ ހުރިހާ ބޭފުޅުން ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ މަރުހަލާގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު، ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވީ މިދިޔަ މި މަހުގެ 23 ގަ އެވެ.

މިއަދުގެ ޖަލްސާގައި ރުހުން ދިން ސަފީރުންނަކީ:

ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފް
އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު
އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް
ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މައްސޫދު އިމާދް
މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު
ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގީލާ އަލީ
ޖެނީވާގައި ހުންނަވާ އދ. ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދު
ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ލުވައިޒް

ޔޫއޭއީގެ ސަފީރުުކަމަށް އައްޔަންކުރަން ނިންމަވާފައިވާ މުހައްމަދު ހުސެއިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ